މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މާފަންނު، ދަކަންދާމަގު ގައި ހުންނަ ގެއެއްގައި ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް މިއަދު 13:01 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ.ހުޅުދޫ ތޯތާޕަރީ އުމުރުން 54 އަހަރުގެ މުޙައްމަދު ނިޒާރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.