ޚަބަރު

ބަންގްލަދޭޝް ޓީމުވެސް މާލޭގައި


  • ބަންގްލަދޭޝް ޓީމު ރާއްޖެ އައިސްފައިވަނީ މެންދުރު

  • އެއީ އެންމެ ފަހުގެ ޗެމްޕިއަން ޓީމު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ބަންގްލަދޭޝް ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ބަންގްލަދޭޝް ޓީމުވެސް ތިބުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ. ބަންގްލަދޭޝް ޓީމަކީ އެންމެ ފަހުން 2024 ވަނަ އަހަރު ނޭޕަލްގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންޓީމެވެ.

މިއަހަރުގެ މުބާރާތަށް ޓީމު އިތުރަށް ވަރުގަދަކޮށްފައިވާއިރު ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާ އަޔަލެންޑުގެ މާކް އެޑްވާޑް ކޮޒްއެވެ. އޭނާގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝް އިން މިއަހަރު ނިކުންނާނީ ޗެމްޕިއަންކަން ދިފާއުކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

ބަންގްލަދޭޝް ހިމެނެނީ ގުރޫޕް ބީގައި، އިންޑިއާ އަދި ޕާކިސްތާނާ އެކުގައެވެ. އެންމެ ފުރަތަމަ ބަންގްލަދޭޝް ނިކުންނާނީ 24 ވާ އަންގާރަ ދުވަހު ހަވީރު ޕާކިސްތާނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ނިކުންނާނީ އިންޑިއާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ 28 މާޗް ވާ ހޮނިހިރު ދުވަހު ހަވީރެވެ.

މިއަހަރުގެ މުބާރާތަށް ރާއްޖެ އައި ބަންގްލަދޭޝް ޓީމަކީ އުމުރުފުރާ މުބާރާތްތަކުގައި ސަރަހައްދީ ޓީމުތަކަށް ފަރިތަ ސްކޮޑެކެވެ. ބަންގްލަދޭޝް ޓީމު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަނީ 15 ދުވަހުގެ ޓްރޭނިން ކޭމްޕެއް ބާއްވާފައިވެއެވެ.

ބަންގްލަދޭޝް ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ގޯލު ކީޕަރު އެމްޑީ އިސްމާއިލް ހޮސެއިން މާހިން އާއި، ޑިފެންޑަރ އެމްޑީ ޔޫސުފް އަލީ އާއި އެމްޑި މިތު ޗޯދްރީއާއި މިޑްފީލްޑަރި ޗަންދަން ރޯއީ ހިމެނެއެވެ.