ޚަބަރު

ގަދަހިފުމުން މޮޅުވެ، ޓީސީ ފްރެޓަރނިޓީ ދެވަނަ ބުރަށް


ޢީދު ބައިބަލާ ޗެލެންޖު 1447ގައި ޒެޕޯ ނިއުޖެނެރޭޝަން ބަލިކޮށް ޓީސީ ފްރެޓަރނިޓީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ހުޅުމާލޭގައި ކުރިއަށްދާ މުބާރާތުގައި ޒެޕޯގެ މައްޗަށް ޓީސީ ފްރެޓަރނިޓީ ކުރި ހޯދީ، ފުރަތަމަ 2 ގޭމް އެއްވަރުވެ، ގަދަ ހިފުމަށް ގޮސްގެނެވެ.

ގަދަ ހިފުމުގެ 5 ގޭމްގެ ތެރެއިން ފުރަތަމަ 4 ގޭމް ނިމުނީ 2-2 އެއްވަރުވެގެންނެވެ. އަދި ފަހު ހިފުމުން ގުރުދިމާވުމުން ޓީސީ ފްރެޓަރނިޓީ މޮޅުވީ ބޭރުނަގައިގެން ބޭރުން އަރާ ކުޅުންތެރިއާ ނުބައިކޮށްލައިގެންނެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީގެ ޔައިޝް ބިން ހުސައިން ޒުހައިރުއެވެ. މިމެޗުން މޮޅުވުމާއެކު ޓީސީ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.