ޚަބަރު

ހުޅުދުއްފާރާއި ހިމަންދޫގެ މަގުތައް ތަރައްޤީކުރަން އާރްޑީސީއަށް


  • މި މަސައްކަތްތައް ޙަވާލުކޮށްފައި ވަނީ 730 ދުވަހުން ނިންމާ ގޮތަށް

ރ. ހުޅުދުއްފާރާއި އއ. ހިމަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށްފިއެވެ.

މިދެ މަޝްރޫޢުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން ސޮއުކުރެއްވީ، ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓިންގ ޖެނެރަލް މެނޭޖަރ ޙަސަން ރިފާޢީ ބުޝްރީއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ރ. ހުޅުދުއްފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވަނީ، މަގު ހެދުމުގެ ފޭސް 2 ގެ މަސައްކަތެވެ. ހިމަންދޫ މަގު ހެދުމުގެ މަސައްކަތް ހިމެނޭހެން މި ދެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.