މާލޭގެ އިންޑަސްޓިރިއަލް ވިލެޖުގައި ބޯލިން އެރީނާ ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޒުވާނުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރޭއިން ބޯލިން އެރީނާ ގާއިމު ކުރެވުގެންދާނީ އާއިލާ އެކު މުނިފޫހިފުލުވޭނަ ފަދަ އިންތިޒާމުތަކާއެކު ކަމަށެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރާ ބޯލިން އެރީނާގެ މަސައްކަތް ފެށިގެންދާއިރު މި ކުއާޓަރގައި އާކެއިޑް ސެންޓާރާއި، ޕްލޭޕާކްގެ އިތުރުން ފުޓްސެލް އަދި ނެޓްބޯޅަ ކޮމްޕެލްކްސްގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
" އިންޑަސްޓްރިއަލް ވިލެޖް އެއީ އެމްއެންޑީފް ފަޔަރ އެންޑް ރެސްކިއު ހިސާބު އެއީ އެތަނުގެ ކުރިމަތިން މިހާރު އޮންނީ އެތަނުގަ ބިން ސްޕޯޓްސް މިނިސްޓްރީއާ ހަވާލު ކުރެވި އެގްރީމެންޓުގައި ސޮއިކުރެވި ފައިނެސް ސެކިއުވާޑް ޕްރޮޖެކްޓެއް މިއީ." ބޯލިން އެރީނާގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
މި ކުޅިވަރު މަޝްރޫތަކުގެ ކުރެހުން ވެސް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ގްރޭޓަރ މާލެ އޭރިއާގެ އިޑަސްޓްރިއަލް ވިލެޖްގަ ގާއިމު ކުރެވިގެންދާނީ ތަފާތު އެކި އިޖްތިމާއި ހަރަކާތްތަވެސް ކުރިއަށް ގެންދޭވެނެ ފަދަގޮތަކަށް ކަމަށެވެ.
ބޯލިން އެރީނާ ތަރައްގީކުރާ ބިން ކުޅިވަރާ ބެހޭ ވުޒާރާއާ ހަވާލުކުރެވި، ބޭނުންވާ ބަޖެޓު.ހަމަޖެހިފައިވާ މި ޕޮރެޖެކްޓް ދަށުން ބޯލިން އެރީނާ ގާއިމު ކުރެވުގެންދާނީ ދެ ފްލޯ ހިމެނޭ ގޮތަށެވެ. އެގޮތުން 10 ލޭނުގެ ބޯލިން ފެސެލިޓީއެއް މި ތަނުގައި ހިމެނޭއިރު ތަން ފަރުމާ ކުރެވެގެންދާނީ އިލެކްޓިރިކް ގޭމް އާކެއިޑަކާ އެކުއެވެ. މިތަނުގައި އަމިއްލަ ފަރާތްތަކަށް ޕާޓީ ބޭއްވުމުގެ އިތުރުން ކެފޭ އެއް ހިމެނޭނެއެވެ.
މިއަހަރު މިތަނުގެ މަސައްކަތް ފެށުމަށް ހަމަޖެހިފަވާއިރު 540 ދުވަހުން މަސައްކަތް ނިންމާލެވޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.
ޒުވާނުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުރިއަށްގެންދަވާ ކުޅިވަރުގެ ގިނަ މަޝްރޫތަކެއްގެ ތަފްސީލް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.