ޚަބަރު

ގއ. ވިލިނގިލީ ތައުލީމީ މަރުކަޒުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް!


  • ސްކޫލްގެ އެއް ބްލޮކް ވަނީ އަނދާފައި

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިރޭ 12:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ރޯވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ސްކޫލްގައި ރޯވި އަލިފާން ކޮންޓްރޯލްވީ މިރޭ 2:00 ޖަހަން އުޅެނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ކޮންޓްރޯލްކުރީ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުނެވެ.

މިހާދިސާގައި ސްކޫލްގެ އެއް ބްލޮކް އެއްކޮށް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.