ޚަބަރު

ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ފަރުވާދެނީ


  • އެއީ ހަތަރު ބިދޭސީންނާއި ދިވެއްސެއް

  • މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުން

މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި 5 މީހަކު ހާލު ދެރަވެ އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް 2026 އޭޕްރީލް 4 ވަނަ ދުވަހުގެ ހެނދުނު 06:35 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ޚަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއްކަމަށާއި މި އެންމެންނަކީ ވެސް ފިރިހެނުންކަމަށް ވިދާޅުވިއެވެ. އެ މީހުންނަށް މިހާރު އައި.ޖީ.އެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.