މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
މަތީން މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށްފައިވަނީ މީސްމީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.
މަތީނު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާގައި ހަވާލުވީ 2023ވަނަ އަހަރު ނޮވެމްބަރ މަހު 28ވަނަ ދުވަހުއެވެ.