ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯ ނުވަތަ ކުންމިން ފެއަރގައި ބައިވެރިވާން ބޭނުންވާ ދިވެހި ވިޔަފާރިތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެހެން އަހަރުތަކޭ އެއްފަދައިން 10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތާއި އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލާފައިވާކަމަށެވެ.
Join the 10th China–South Asia Exposition in Kunming, China, from June 11–16, 2026.
— Ministry of Economic Development,Transport & Trade (@MoEDmv) April 13, 2026
📩 To apply, email [email protected] by April 28 at 14:00 pic.twitter.com/P0fzZsko8g
މި އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ޔުނާން ޕްރޮވިންސްގައި މިއަހަރުގެ ޖޫން މަހުގެ 11 އިން 16 އަށެވެ. މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 28ގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލްއަށް މެއިލް ކުރެވޭނެއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ، ކުންމިންގެ ސިޓީގައި އަހަރަކު އެއްފަހަރު ބާއްވާ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ނުވަތަ ކުންމިން ފެއަރއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމާއި، އެއްތަނަކުން އެކި ޤައުމުތަކުގެ އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއަރއެކެވެ.
މި އެކްސްޕޯގައި ރާއްޖެއިން ބައިވެރިވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.