ވިދިވިދިގެން ދެ ވަނަ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ ސެމީ ފައިނަލަށް ދެވުމަކީ އާސެނަލް އަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން އާސެނަލް ސެމީ އަށް ދިޔައީ 1-0އިގެ އެގްރީގޭޓުންނެވެ. މެޗަށް ފަހު އާޓެޓާ ބުނީ ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭ އެތްލެޓިކޯ މެޑްރިޑްގެ މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ.
މިއީ ފަސޭހަ މެޗަކަށް ނުވާނެ. ދެ ޓީމު ވެސް އަހަރެން ދެކޭ ގޮތުގައި ހަމަހަމަ. ވަރަށް އުނދަގޫ ވާނެ މި މެޗު. ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ ރޭގެ މެޗުގައި އާސެނަލްގެ އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް ރޭގެ މެޗުގައި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސްދޭ ކަމަށެވެ.
"ހުރިހާ ކުޅުންތެރިން ވެސް ވަރަށް މަސައްކަތް ކުރި. އަހަރެން ޓީމާމެދު ފަހުރުވެރިވަން. އަހަރުމެންނަށް މިރޭ އެންމެ ރަނގަޅަށް ނުކުޅެވުނަސް ކުޅުންތެރިންގެ މަސައްކަތުން ވިދިވިދިގެން ދެ ވަނަ ސީޒަނެއްގައި ސެމީ ފައިނަލުން ފުރުސަތު ލިބުނީ. މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގަށްވުރެ ބޮޑަށް އާސެނަލް ކުރިއަށް އޮތް ހަފުތާގައި އިސްކަންދޭނީ ޕްރެމިއާ ލީގު ކާމިޔާބު ކުރަން ކުރަން ޖެހޭ މަސައްކަތަށް ކަމަށެވެ.