މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން އެ ޚިދުމަތުގެ ރަސްމީ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީން ވިދާޅުވީ، http://mtl.mtcc.mv ލިންކް މެދުވެރިކޮށް ވެބްސައިޓަށް ވަދެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެ ކަމަށެވެ. އަދި ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާއިރު، ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ދަތުރުތައް ކުރަމުންދާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
* މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2ގެ އެތެރޭގެ ދަތުރު : 30 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުމާލެ ފިޔަވަހި2އަށް : 40 ރުފިޔާ
* މާލެ'އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ'އަށް : 70 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި1އަށް : 80 ރުފިޔާ
* މާލެ'އިން ހުޅުމާލެ ފިޔަވަހި1އަށް، އަދި ހުޅުމާލެ ފިޔަވަހި1އިން މާލެ'އަށް : 85 ރުފިޔާ
* ހުޅުމާލެ ފިޔަވަހި2އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި2އަށް : 85 ރުފިޔާ
* މާލެ'އިން ހުޅުމާލެ ފިޔަވަހި2އަށް، އަދި ހުޅުމާލެ ފިޔަވަހި2އިން މާލެ'އަށް : 100 ރުފިޔާ
We would like to inform our valued customers that Malé Taxi Line will begin collecting fares from now.
— MTCC Plc (@MTCCPlc) April 17, 2026
Book and pay via our web app:
🔗 https://t.co/gGbPzIYWTk
(You can also scan the QR code in this post)
Alternatively, call our hotline 1655 to book and pay.
We look forward to… pic.twitter.com/PKd8XkTdB9
ހޮޓްލައިން އަދި ވެބްސައިޓުން ޓެކްސީ ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޓެކްސީއަށް ރުފިޔާ ދެއްކުމުގެ ކަންމަށްވެސް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހޮޓްލައިނަށް ގުޅައިގެން ޓެކްސީ ބުކް ކުރާނަމަ ޕޭނެމެންޓް ލިންކެއް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެއެވެ. އަދި ވެބެސައިޓުން ބުކްކުރާނަމަ ސީދާ ވެބްސައިޓުގެ ތެރެއިންވެސް ރުފިޔާ ދައްކާލެވޭނެއެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޚިދުމަތް ފެށުމަށްފަހު މިމަހުގެ 3 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކޮށްދީފައިވަނީ މުޅިން ހިލޭއެވެ. ނަމަވެސް މިއަދުން ފެށިގެން މި ޚިދުމަތަށް އަގު ނަގަން ވަނީ ފަށާފައެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މާލެ ޓެކްސީގެ ކާރުތަކުން މަގުމަތިން އަތް ނަގައިގެން ދަތުރެއް ނުނަގާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޓްރެކްކޮށް، މޮނިޓަރކޮށްގެން ރޭވުންތެރިކަމާއެކު ދޭ ޚިދުމަތަކަށް ވާތީއެވެ. މީގެ ސަބަބުން ކާރުގައި ތަކެތި ބެހެއްޓުން ފަދަ ކަންކަމުގައި ކަސްޓަމަރުންނަށް ލިބޭ ގެއްލުންތައް ކުޑަވެ، އިތުބާރު ހުރި ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެމްޓީސީސީން މިހާރު ދަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި އެޕްލިކޭޝަން ލޯންޗުކުރެވިގެންދިއުމާއެކު، ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.