ޚަބަރު

ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާ ތަޙުޤީޤުކޮށް، މައްސަލަ ޕީޖީއަށް


  • ޙުސައިން ޝަޙްބާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި

  • މިމައްސަލައިގައި ދައުވާ އުފުލުމަށް މިމަހުގެ 21ގައި ޕީޖީ އޮފީހަށް ފޮނުވާފައިވޭ

މިިދިޔަ މާރިޗު މަހުގެ 18ވަނަ ދުވަހު ގ.ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގި ތަޙުޤީޤު ނިންމައި، މައްސަލައިގެ ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިދިޔަ މަހުގެ 18ވަނަ ދުވަހު، ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤު މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި މިމަހުގެ 21ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ، ލ.މާބައިދޫ ސަބުނަމްހައުސް، 29 އަހަރުގެ ޙުސައިން ޝަޙްބާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.