ކުޅިވަރު

ވޮލީބޯލް އެސޯސިއޭޝަންގެ އާރައީސްގެ އުއްމީދު


މާލެއެކޭ އެއްވަރަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ވޮލީ ކުޅެވޭނެ ގޮތް ހެދުމަކީ ވަރަށް ބޮޑު އަޒުމެއްކަމަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް އަލަށް ހޮވިވަޑައިގެންނެވި މޙަައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް މުހައްމަދު ލަތީފް ހޮއްވަވާފައިވާއިރު، ލަތީފައަކީ މީގެ ކުރިން ވޮލީ ކުޅެ އަދި ރާއްޖޭގެ ބޮޑެތި ޓީމްތަށް ހިންގުމުގައި އިސްކޮށް އުޅުއްވާފައިވާ ފަރާތެކެވެ. މުހައްމަދު ލަތީފް ވިދާޅުވީ ވޮލީއަކީ ރާއްޖޭގައި ވަރަށް މަޤްބޫލް ކުޅިވަރެއްކަމަށާ މިކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަލަށް އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިޙާބްވިކަމުގައި ވީނަމަވެސް އެއްވެސް ވަރަކަށް ފަހަތަށް ނުބަލާނެކަމަށާ ކުރިއަށްދާނީ ކުރިންވެސް ވޮލީގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ އެހީއާއެކުގައި ކަމަށެވެ. ވޮލީއަކީ އެންމެ ގުޅިގެން މަސައްކަތް ކުރެވޭނެ ކުޅިވަރެއްކަމަށާ އެއްވެސް ބަޔަކު ބާކިކޮށްނުލާނެކަމަށްވެސް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް އަލަށް އިންތިޚާބް ވެވަޑައިގެންނެވި މުހައްމަދު ލަތީފް ވިދާޅުވިއެވެ.

 ވެލެންސިއާ، ވިކްޓަރީ، ނިއު ރޭޑިއަންޓް، ހިޒް ކްލަބް އަދި އައްޑޫ ސްޕޯޓްސް އަށް ކުޅެފައިވާ ލަތީފްވަނީ ފާއިތުވެދިޔަ ދެ ތިން އަހަރުގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ހޯދި ގިނަ ކާމިޔާބީތަކެއްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ލަތީފްވަނީ ގައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރުކަންވެސް ކޮށްފައެވެ.