ޚަބަރު

ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު


  • ފުލުހުން ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 15 އަހަރުގެ ޢާއިޝަތު އަލްޔާ ޢަލީ

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ގެއްލިގެން ހޯދަމުންދިޔައީ ހުޅުމާލެ ފްލެޓްނަންބަރު 05-3-2، އުމުރުން 15 އަހަރުގެ ޢާއިޝަތު އަލްޔާ ޢަލީއެވެ.

އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.