މައިންބަފައިންނާއި، އާއިލާގެ މެންބަރުން ބަލަހައްޓާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރާއިރު، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށާއި އުޖާލާ މުސްތަޤުބަލަކަށް އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އަޅާލުމާއި، އެހީތެރިކަން މުހިންމު ކަމަށެވެ.
އާއިލާތަކަށް އިޖުތިމާޢީ އަދި އިޤުތިޞާދީ އާ ގޮންޖެހުންތަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މައިންބަފައިންނާއި، ކުދިންނާއި، އަދި އާއިލާގެ މެންބަރުން ބަލަހައްޓާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
On this International Day of Families, we celebrate the love, care, and support that families provide in shaping stronger communities and a brighter future.
— First Lady Sajidha Mohamed (@sajidhaamohamed) May 15, 2026
As families continue to face new social and economic challenges, it is important that we strengthen support systems that… pic.twitter.com/uEJJF1aKzF
އާއިލާތަކުގެ ފުރިހަމަ ކުރިއެރުމަށް މަސައްކަތް ކުރުމަކީ، ފާގަތި އަދި ތަނަވަސް ދިވެހިރާއްޖެއެއްގެ ބިންގާ އެޅުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15ވަނަ ދުވަސް ފާހަގަކުރަނީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށްވަނީ އާއިލާގެ ލޯތްބާ އަޅާލުމުގެ މުހިންމުކަން ބުނެދީ، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.