ބެޑްމިންޓަން އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން ބާއްވާ "ރާއްޖެ ޖޫނިއަރ" ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ސްކޫލްތަކަށް ހުޅުވާލާ، މުބާރާތް އިއުލާނުކޮށްފިއެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް، މާލޭ ކުޅިވަރު އެކުވެނީގައެވެ. މުބާރާތް ކުރިއަށްދާނީ ގްރޭޓަރ މާލެ ޒޯން އަދި ސެންޓްރަލް ޒޯނަށް ބަހާލައިގެންނެވެ.
ގްރޭޓަރ މާލެ ޒޯނުގައި ހިމެނޭނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގެ ޓީމުތަކެވެ. ސެންޓްރަލް ޒޯނުގައި ހިމެނޭނީ ކ، އއ، އދ، ވ، މ، ފ މި އަތޮޅުތަކުން މުބާރާތުގައި ބައިވެރިވާ ޓީމުތަކެވެ.
މުބާރާތުގައި ހިމެނޭ އިވެންޓުތައް:
ގްރޭޑް 7/8 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ގްރޭޑް 9/10 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ގްރޭޑް 11/12 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
މުބާރާތުގައި ބޭނުންކުރާނީ، ވިކްޓަރ އެންސީއެސް މެކްސް ޝަޓްލް (ސްޕީޑް 77) އެވެ. މުބާރާތުގައި ބޭނުންކުރާނީ، ވިކްޓަރ އެންސީއެސް މެކްސް ޝަޓްލް (ސްޕީޑް 77) އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް 08 ޖޫން 2024 ގައި އިއުލާނުކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ގުރުނެގުން އޮންނާނީ 11 ޖޫން 2026 ގެ 20:30 ގައެވެ. އަދި މުބާރާތުގައި ބައިވެރިވެފައިވާ ޓީމެއް، ޖޫރިމަނާއެއް ދެއްކުމެއްނތި މުބާރާތުން ވަކިވެވޭނެ އެންމެ ފަހު ވަގުތަކީ، 10 ޖޫން 2026 ގެ 14:00 އެވެ.
މުބާރާތާ ގުޅުންހުރި އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅު ނަމަ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް އެސޯސިއޭޝަންގެ ނަންބަރު 3314057 ނުވަތަ ވަޓްސްއެޕް ނަންބަރު 9904057 އާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެސޯސިއޭޝަންގެ އިއުލާނުގައި އެދިފައިވެއެވެ.