ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާކަމަށް މެރިން ޕޮލިސް އިން ވިދާޅުވެއްޖެއެވެ.
މެރިން ޕޮލިސް އިން ވިދާޅުވީ މިއަދުގެ 18:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ދަނީ ހޯދަމުންކަމަށެވެ.
އެ މީހާ ހޯދުމުގެ މަސަކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާރޑް ގުޅިގެން ކުރަމުންދާކަމަށް ވިދާޅުވިއެވެ.