ޚަބަރު

އަޝްފާގް ޤައުމަށް 100 މެޗު


  • އަޝްފާގް ޤައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިނީ 2003 ގައި

  • އަޝްފާގަކީ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއާ

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް 100 ވަނަ މެޗު ހަމަކޮށްދީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ދިވެހި ތާރީޙުގެ ތެރެއިން އިތުރު ޖާގައެއް ހޯދައިފިއެވެ.

ރާއްޖޭގެ ޤައުމީ ޓީމަށް 100 މެޗު ކުޅެދީ ސެންޗެރީ ހަމަކުރި ފުރަތަމަ ދިވެހި ކުޅުންތެރިއަކީ ކުރީގެ މަޝްހޫރު ކީޕަރު އިމްރާންއެވެ. ސަރަހައްދީ ޤައުމުތަކުގެ މެދުގައިވެސް ޤައުމަށް 100 މެޗު ކުޅެދިން ކުޅުންތެރިންގެ ލިސްޓުވެސް މާ ދިގެއް ނޫނެވެ.

ކީޕަރު އިމްރާންގެ އިތުރުން ދެން ހިމެނެނީ އިންޑިއާ ފުޓުބޯޅަދުއް އެންމެ ކާމިޔާބު އަދި މަޝްހޫރު ދެ ކުޅުންތެރިން ކަމުގައިވާ ސުނިލް ޗެތުރީ އާއި ބައިޗުން ބުޓިއާއެވެ.

އިމްރާންގެ ފަހަތުން އަޝްފާގްވެސް މި ލިސްޓުން ޖާގަ ހޯދި އިރު އަޝްފާގް އަކީ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހެމުގެ ރެކޯޑްވެސް އޮންނަ ކުޅުންތެރިއާއެވެ.

އުމުރުން 40 އަަހަރުގެ ދަގަނޑޭ ޤައުމީ ޓީމަށް ކުޅެންފެށީ 2003 ވަނަ އަހަރެވެ.

ޕޯޗުގަލްގެ މަޝްހޫރު ބެންފީކާ އެކަޑަމީއަށް ދިއުމުގެ ފުރުސަތުވެސް ލިބުނު އަޝްފާގް ވަނީ މެލޭޝިއާ ލީގުގައި މޮޅު ކުޅުމެއް ދައްކާ ދިވެހި ފަޙްރުވެރިކުރުވާފައެވެ.

ޤައުމީ ހިދުމަތުގައި ގިނަ މަސައްކަތްތަކެއް ކޮށްދީ ދިވެހި ތާރީހުވެސް ދުށް އެންމެ ބޮޑު ކާމިޔާބީ ދިވެހިރާއްޖެއަށް ހޯދައިދިނުމުގެ އަލީ އަޝްފާގް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުން ފެށިގެންގޮސް ދިވެހި ލީގާއި ކްލަބް ލެވަލްގައި ރާއްޖޭގެ އެތައް ރެކޯޑަކާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގެވެސް ގިނަ ރެކޯޑްތަކެއް އޮން އަޝްފާގު ރޭ އިތުރު ރެކޯޑަކާ ހަމަކުރީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހޭދަކުރުމަށްފަހުއެވެ.