ފީފާ ވޯލްޑްކަޕް ހުޅުވާ ރަސްމިއްޔާތުގައި ކޮލަމްބިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާ ލަވަކިޔާނެ ކަމަށް ފީފާ އިން ބުނެފި އެވެ.
ޖޫން 11 ވަނަ ދުވަހު މެކްސިކޯގެ އަޒްޓޭކާ ސްޓޭޑިއަމްގައި ބާއްވާ ވޯލްޑްކަޕް ރަސްމީކޮށް ހުޅުވާ އިވެންޓުގައި ވޯލްޑްކަޕްގެ ރަސްމީ ލަވަ ޝަކިރާ ކިޔާނެ އެވެ. "ޑައި ޑައި" ގެ ނަން ދީފައިވާ ވޯލްޑްކަޕްގެ ރަސްމީ ލަވަ ކިޔާފައިވަނީ ޝަކީރާ އެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޝަކީރާގެ އިތުރުން ކޮލަމްބިޔާގެ އާޓިސްޓް ޖޭ ބަލްވިން އާއި ސައުތު އެފްރިކާގެ ލަވަކިއުންތެރިޔާ ޓައިލާވެސް ބައިވެރިވާނެ އެވެ.
މި ފަހަރުގެ ވޯލްޑްކަޕް ތިން ގައުމުގައި ކުރިއަށްދާއިރު, މުބާރާތް ބާއްވާ ކޮންމެ ގައުމެއްގައިވެސް ފުރަތަމަ ކުޅޭ މެޗުގެ ކުރިން ޙާއްސަ ރަސްމިއްޔާތެއް އޮންނާނެ އެވެ.
ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމްގައި ވަރުގަދަ ޝޯއެއް ބޭއްވުމަށް މި ފަހަރު ވަނީ ނިންމާފަ އެވެ. މިއީ ފުޓްބޯޅަ މެޗެއްގެ ހާފް ޓައިމްގައި މިފަދަ ބޮޑު ޝޯއެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ޝޯ ގައި ޝަކީރާގެ އިތުރުން މެޑޯނާ އާއި ދެކުނު ކޮރެއާގެ މަޝްހޫރު ގްރޫޕް ބީޓީއެސް ބައިވެރިވާނެ އެވެ.