ޚަބަރު

ބައި-އިލެކްޝަންގެ ވޯޓު ގުނުން ކުރިއަށް


  • ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި 7 ވޯޓު ފޮށި ވަނީ ބަހައްޓާފައި

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ގުނަން ފަށައިފިއެވެ.

މާލޭގެ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށާފައިވަނީ ހަވީރު 05:40 ހާއިރުގައެވެ. އައްޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް 5:00 ޖެހިއިރު ބަންދުކޮށް، 05:30 ހާއިރުވަނީ ވޯޓު ގުނަން ފަށާފައެވެ. ވޮޓު ގުނާ ނިމޭނެކަމަށް ބެލެވެނީ 07:00 ހާއިރުގައެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތްނަމަވެސް، ވޯޓުލާން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުންވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކޮށްފައެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއްވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.