ޚަބަރު

ޙައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެ އައުމަށް ފުރައިފި


  • 262 ޙާޖީން ވަނީ ފުރާފައި

  • ދެ ވަނަ ފްލައިޓަކީ މޯލްޑިވިއަންގެ ފްލައިޓެއް

ދިވެހި ޙައްކުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެއަމަށް ފުރައިފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު ދިވެހި ޙައްކުވެރިންގެ ދެވަނަ ގްރޫޕްގައި 262 ހައްޖާޖީން ދަތުރުކުރެއެވެ. މިފަހަރު ޙައްޖުވެރިން ފުރުން ކުރިއަށްގެންދަނީ މަދީނާ އެއަރޕޯޓުންނެވެ.

ޙައްޖުވެރިންގެ ފްލައިޓް ދަތުރުތައް ބާއްވަމުންދަނީ ސައުދިއާ އެއަރލައިން އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓްތަކުގައެވެ.
ދެވަނަ ފްލައިޓްގެ ޙައްޖުވެރިން މަދީނާއިން ރާއްޖެއަށް ދަތުރުކުރަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ދަތުރުގެ ފަސޭހަ އިންތިޒާމްތަކެއް މޯލްޑިވިއަންގެ ފްލައިޓްގައި ފުރި ޙާޖީންނަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޙާޖީން އެއަރޕޯޓަށް ދިޔައިރު، ލަގެޖްތައް ވަނީ ޕްރީ ޗެކިން ކޮށްފައެވެ. އަދި ބޯޑިން ޕާސްވެސް ކުރިއާލާ ހަވާލުކޮށްފައިވެއެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ ހުކުރު ދުވަހުގެރޭގައެވެ. އެފްލައިޓުގައި 240އަށްވުރެ ގިނަ ޙާޖީން ރާއްޖެ ދަތުރުކުރިއެވެ.
ހޯމަ އަދި އަންގާރަ ދުވަހު ފަހު ފްލައިޓު އޮންނާނެއެވެ.

ޙަައްޖުވެރިން މިއަހަރުވެސް މައްކާއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުންނެވެ. މިއާއެކު، މައްކާއަށް ޙައްޖުވެރިން ދަތުރުކުރީ ރާއްޖެއިން އިމިގްރޭޝަންގެ އެންމެހާ ކަންކަން ނިންމައިގެންނެވެ. އަދި ސައުދީއަށް އައިސް، ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ފަސޭހަކަމާއެކު ވަނީ ހޮޓަލަށް ގޮސްފައެވެ.

ޙާޖީންގެ ދަތުރުފަތުރުގެ ކަންކަން ވަރަށް ފުރިހަމަކަމާއެކު ޙައްޖު ކޯޕަރޭޝަންއިން ވަނީ ހަމަޖައްސާފައެވެ.