ޚަބަރު

ފިލިޕީންސަށް 8.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް


  • އިންޑިޔާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ

ފިލިޕީންސްގެ ސަރަހައްދެއްކަމަށްވާ މިންޑަނާއޯއަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ 8.1 މެގްނިޓިއުޑްގެ ބާރު މިނުގައި ރޭ ފަތިހު 4:37 ގައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާއި ދެމެދު ހުރީ 5723 ކިލޯމީޓަރުގެ ދުރުމިނެއްކަމަށެވެ. މިބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.