ޚަބަރު

ޙައްޖުވެރިން ރާއްޖެއަށް: 3ވަނަ ފްލައިޓުން 271 މީހުން


  • މި ފްލައިޓު ވެލާނާ އެއަރޕޯޓުގައި ޖެއްސީ 8:40 ގައި

  • ޙައްޖުވެރިންގެ ފަހު ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މާދަމާރޭ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ދިވެހި ޙައްުވެރިންގެ ތިންވަނަ ގްރޫޕް ރާއްޖެއަށް އައިސްފިއެވެ. ތިންވަނަ ފްލައިޓުވެސް އެހެން ފްލައިޓުތަކެކޭ އެއްގޮތަށް ފުރާފައިވަނީ މަދީނާއިންނެވެ.

ސައުދި އެއަރލައިންގެ މި ފްލައިޓަކީ މިއަހަރު ރާއްޖެއަށް އެ އެއަރލައިން މެދުވެރިކޮށް ހައްޖާޖީން އަންނަ ފަހު ފްލައިޓެވެ. ޙައްޖުވެރިންގެ ތިންވަނަ ފްލައިޓް ނައްޓާލީ ސައުދީ ގަޑިން 09:00 ގައެވެ. ލަންކާއަށް ޓްރާންސިޓްކުރުމަށްފަހު، ރާއްޖެ އައިސްފައިވަނީ ރޭގަނޑު 8:40 ހާއިރުއެވެ.

މި ފްލައިޓުގައި 271 އަށްވުރެ ގިނަ ޙައްޖުވެރިން ރާއްޖެ އައިސްފައިވެއެވެ. ޙައްޖުވެރިންނަށް ޙައްޖާޖީންގެ ޢައިލާތަކުން ވަނީ ވެލާނާ އެއަރޕޯޓުން މަރުހަބާ ކިޔާފައެވެ. އެއަރޕޯޓުން ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަވަހަށް އުޅަނދުތައް ހޯދުމަށާއި އަދި ހައްޖާޖީގެ ދާގީނާ އުފުލުމާއި އެހެން ކަންކަމުގައި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި އެކި އިދާރާތަކުގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޙައްޖަށް މިއަހަރު އައި ޙައްޖުވެރިންގެ ފަހު ފްލައިޓްގެ ގްރޫޕް ރާއްޖެއަށް ދާނީ މާދަމާއެވެ. މޯލްޑިވިއަންގެ ފްލައިޓްގައި ކުރާ މި ދަތުރުގައި، ފްލައިޓް ބޭއްވުމަށް ތާވަލުކޮށްފަވަނީ ސައުދީ ގަޑިން މާދަމާ ހަވީރު 04:00ގައެވެ. ރާއްޖެއަށް ދެވޭނެކަމަށް ލަފާކުރަނީ ރާއްޖެގަޑިން ރޭގަނޑު 12 ޖަހާކަށްހާއިރުއެވެ.

މިއާއެކު މިއަހަރު ރާއްޖެއިން ޙައްޖަށް އައި ހުރިހާ ޙާޖީންނަށް، ދަތުރު ނިންމުމަށްފަހު ރާއްޖެ ދެވޭނެއެވެ.

ޙާޖީންގެ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވެއެވެ. މައްކާގައި ޙައްޖުގެ މަނާސިކުތަކުގެ އިތުރުން، ޙާޖީން މަދީނާގައި ދެ ދުވަސް މަޑުކުރިއެވެ.