ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިޤު މަޤާމުގެ ހުވާކުރެއްވުން އަންނަ ހޯމަ ދުވަހު އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ޢަބްދުﷲ ޞާދިޤު މަޤާމުގެ ހުވާކުރެއްވުން މިމަހުގެ 15 ވާ ހޯމަ ދުވަހު އަންނަ ހޯމަ ދުވަހުގެ ހެނދުނު 8:30ގައި މަޖިލިސްކުރާ ގޭގައި އޮންނާނެކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ ރަސްމީ ނަތީޖާގައިވާ ގޮތުން އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު ކަމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސައީދުއާ ވާދަކޮށް 1375 ވޯޓުންނެވެ. އަޙްމަދު ސައިދަށް ލިބިވަޑައިގެންނެވީ 1313 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޢަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރެވެ. އޭނާ ވަނީ ސިޓީގެ މޭޔަރުގެ މަޤާމު 3 ދައުރު އަދާކުރައްވާފައެވެ. މިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބުވި ޙުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.