އެމެރިކާއިން އިންތިހާއަށް ދަތިކޮށްފައިވާ އިރާނުން، އެމެރިކާގައި ޕޮއިންޓަކުން ވަރލްޑްކަޕް ފަށައިފިއެވެ. ވިސާއާއި އެނޫންވެސް އުނދަގޫތައް ކުރިމަތިކުރުމުން މެކްސިކޯގައި ކޭމްޕްކޮށް، ސީދާ މެޗަށް އެމެރިކާއަށްދާ އިރާނުން މުބާރާތް ފެށީ ނިއުޒިލެންޑާ ވާދަކޮށް 2-2 ން އެއްވަރުކޮށް ހޯދި ޕޮއިންޓުންނެވެ.
ގްރޫޕް ޖީގެ މިމެޗުގައި ދެފަހަރުވެސް ކުރި ހޯދީ ނިއުޒީލެންޑުންނެވެ. ނަމަވެސް އިރާނުން ވަނީ ދެފަހަރުވެސް ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށްފައެވެ. ލޮސްއެންޖަލިސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނިއުޒިލެންޑުން ލީޑް ނެގީ މެޗު ފަށައިގެން ހަތްވަނަ މިނިޓްގައި އެލައިޖު ޖަސްޓް އެވެ. މިއީ މެޗުގައި އިރާނުން ފޮނުވާލި ފުރަތަމަ ހަމަލާވެސް މެއެވެ. ގޯލް ޖަހަން ފުރުޞަތު ތަނަވަސްކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ކްރިސްޓަލް ޕެލަސްގެ ފޯވާޑް ކްރިސް ވުޑް އެވެ. އިރާނުން ނަތީޖާ ހަމަހަމަކުރީ ހާފް ނިމުމުގެ ކުރިން 32 ވަނަ މިނިޓްގައި ރަމިން ރެޒައްޔާން އެވެ. ހައިޑްރޭޝަން ބްރޭކަށްފަހު ވަރަށް އަވަހަށް ފަށާ އޭނާ ގޯލް ޖެހީ ކީޕަރަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. ގޯލް ބަލައިގަތީ އޮފްސައިޑްތޯވެސް ޔަގީން ކުރުމަށްފަހުއެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްވެސް ރަނގަޅަށް ފަށާ، ނިއުޒިލެންޑުން ދެވަނަ ފަހަރަށް ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނިޓްގައެވެ. މިލަނޑުވެސް ޖެހީ އެލިއަހު ޖަސްޓް އެވެ. މިލަނޑުގައިވެސް ކްރިސް ވުޑްގެ ހިއްސާ ބޮޑެވެ. އޭގެ ދިހަ މިނިޓް ފަހުން އިރާނަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު މޮހެބީ އެވެ. މިއީ އިރާނުގެ ފުރަތަމަ ލަނޑު ޖެހިރަމިން ރެޒައެއިއަން ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހި ލަނޑެކެވެ.
މިގްރޫޕްގެވެސް ފުރަތަމަ ދެ މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. ފުރަތަމަ މެޗުގައި ބެލްޖިއަމް އާއި މިޞްރު އެއްވަރުވީ 1-1 ނެވެ.
އެމެރިކާގައި އިރާން ކުޅުނު މެޗު ބަލަން 70،000 އަށްވުރެ ގިނަ މީހުން ވަނެވެ.