ފީފާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ.
ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔެގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. މި މެޗުގެ ފުރަތަމަ ގޯލަށް ފަހު އޭނާ ރޮމުންދިޔަ އެވެ. އަދި މެޗަށް
ފަހު ވެސް އޭނާ އެކަން ތަކުރާރު ކުރި އެވެ.
"އަހަރެން ރުއީ ފުޓްބޯޅައާ ގުޅުން ނެތް ކަމެއްގައި،" އެންމެ ފަހުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ހޯދައިދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެސީ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން މެސީގެ އެޖެންޓެއްގެ ގޮތުން ވެސް މަސައްކަތް ކުރާ އޭނާގެ ބައްޕަ ޖޯޖް މެސީ ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. ހާލު ރަނގަޅު ވަމުން އައި ނަމަވެސް އޭނާގެ ބައްޔާބެހޭ އެއްވެސް ތަފްސީލެއް ނެތެވެ. އާއިލާއިން ބުނަނީ ބައެއް މީޑިއާތަކުން ފަތުރަނީ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށާއި މެސީގެ ބައްޕަގެ ހަގީގަތް އެނގޭނީ އާއިލާ އާއި ވަރަށް ގާތް މީހުންނަށް ކަމަށެވެ.
"އަހަރެންނަށް އެހީތެރިވެދޭތީވެ އަހަރެންގެ ޓީމް މޭޓުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" މެސީ ބުންޏެވެ.
އުމުރުން 68 އަހަރުގެ މެސީގެ ބައްޕަ އަކީ މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫން ކަމަށްވެ އެވެ. އޭނާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕް މެސީއާ ގާތުގައި ހުރެ ބަލަން އާއިލާ އާއި ރަހުމަތްތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެމެރިކާގެ ފްލޮރިޑާއިން ދުވާލަކު 60000 ރުފިޔާ އަށް އަގުބޮޑު އަދި ތަނަވަސް ގެއެއް ވެސް ހުއްޔަށް ހިފައިފަ އެވެ.