ޚަބަރު

ޝައިޚް އިސްމާޢީލް މުޙައްމަދުގެ ޖަނާޒާ ބާއްވައިިފި


  • އިސްމާޢީލް މުޙައްމަދު އަވަހާރަވީ އުމުރުން 85 އަހަރުގައި

  • އިސްމާޢީލް މުޙައްމަދު ފަސްދާނުލެއްވީ ގަލޮޅު ސަހަރާގައި

މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ޖަނާޒާ ބާއްވައިފިއެވެ.

އިސްމާޢީލު މުޙައްމަދުގެ މައްޗަށް އިސްލާމީ މަރުކަޒުގައި މިއަދު މެންދުރު ނަމާދަށްފަހު ކުރެވުނު ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ގިނަ އަަދަދެއްގެ އާންމުންވެސްވަނީ ކަށުނަމާދުގައި ބައިވެރިވެފައެވެ.

ދ.މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށް ކުރީ ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ މައިފުށުގެ ބޮޑުދައިތާފުޅުގެ ފިރިކަލުންނެވެ.

އިސްމާޢީލު މުޙައްމަދު އަވަހާރަވީއިރު އުމުރުފުޅަކީ 85 އަހަރެވެ. މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދު ފަސްދާނުލެއްވީ ގަލޮޅު ސަހަރާގައެވެ.