އެތްލެޓިކޯ މެޑްރިޑް ދޫކޮށްލަން ބޭނުންވާ ވާހަކަ އެ ކުލަބަށް އަންގާފައިވާނެ ކަމަށް ފޯވަޑް ހޫލިއަން އަލްވަރޭޒް ބުނެފި އެވެ.
އާޖެންޓީނާގެ ފޯވަޑް މިހެން ބުނީ ވޯލްޑް ކަޕުގައި ރޭ އޮސްޓްރިއާއާ ވާދަކޮށް، އޭނާގެ ގައުމު 2-0އިން މޮޅުވި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އަދި މިއީ ކުލަބު ބަދަލު ކުރަން ބޭނުންވާ ވާހަކަ ރަސްމީކޮށް އަލްވަރޭޒް ދެއްކި ފުރަތަމަ ފަހަރެވެ.
"އަހަރެން ވާނީ ކުލަބުން އަހަރެން ވާހަކަ ދައްކަން ޖެހޭ މީހުންނާ އެ ވާހަކަ ދައްކާފައި. ދެ ފަރާތަށް ވެސް އެންމެ ރަނގަޚު ގޮތަކީ އަހަރެންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓްރާންސްފާ ކަންތައްތައް ކުރިއަށް ގެންދިއުން،" އަލްވަރޭޒް ބުންޏެވެ.
އޭނާ ބަދަލުވާން ބޭނުންވަނީ އެތްލެޓިކޯއާ ވާދަވެރި ސްޕޭނުގެ ބާސެލޯނާ އަށެވެ. އެ ކުލަބުން ވަނީ އަލްވަރޭޒްގެ ސޮއި ހޯދަން އެތްލެޓިކޯ އަށް 100 މިލިއަން ޔޫރޯ ހުށަހަޅައިފަ އެވެ. ނަމަވެސް މިކަމަށް އެތްލެޓިކޯއިން ވަނީ ނޫނެކޭ ބުނެފަ އެވެ.
މިއަށްފަހު ސްޕޭނުގެ ރެއާލް މެޑްރިޑުން 150 މިލިއަން ޔޫރޯ އަދި ފްރާންސްގެ ޕީއެސްޖީން ވެސް ވަނީ އޭނާ ގަތުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް އަލްވަރޭޒް ދެކޭ ހުވަފެނަނީ ބާސެލޯނާ އަށް ކުޅުމެވެ.