ޚަބަރު

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް ފަރުވާދެނީ


  • އަލިފާން މިހާރުވަނީ ނިއްވާލާފައި، މިހާރު ކުރަމުންދަނީ ދުން ބޭރުކުރުމުގެ މަސައްކަތް

މއ. ސުއްކަތުރާގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ކޮށްގެން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސުއްކަތުރާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 10:20 އެހާކަށްހާއިރުކަމަށެވެ. މިހާދިސާގައި އަލިފާން ރޯވެފައިވަނީ އެގޭގެ ބަދިގެއާއި ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގައެވެ.

ސުއްކަތުރާގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ދުން ބޭރުކުރުމުގެ މަސައްކަތްކަމަށްވެސް އެންއެންޑީއެފުން ވިދާޅުވެއެވެ.