ޚަބަރު

އީސީގެ ރައީސްކަމަށް ޝަކީލު ޢައްޔަންކުރައްވައިފި


  • ޝަކީލް އައްޔަން ކުރަން ރުހުންދިނުމަށް މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހު

  • މިއީ ޝަކީލް އީސީގެ މެމްބަރުކަން އަދާކުރައްވާ ދެވަނަ ފަހަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޝަކީލު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

އީސީގެ ރައީސްކަމަށް ޝަކީލް އައްޔަން ކުރަން ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހުއެވެ.

މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަން ކުރެއްވީ، މި މަހުގެ 24ވަނަ ދުވަހުއެވެ.

މިއީ ޝަކީލް އީސީގެ މެމްބަރުކަން އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިން 03 ޑިސެންބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް ޝަކީލް ވަނީ އެ ކޮމިޝަންގެ މެންބަރުކަން އަދާކުރައްވާފައެވެ.

އޭގެކުރިން 01 ސެޕްޓެންބަރު 2013އިން ފެށިގެން 03 ޑިސެންބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ. ޝަކީލް ވަނީ މި ވެރިކަމުގައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމު އަދާކުރައްވާފައެވެ.

އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރައްވާފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު ދެއްވުމާއި ގުޅިގެންނެވެ.