ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުތަކުގައި، އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ހުޅުމާލޭގެ ދުވާރުތަކުގެ ދެ ފަރާތުގައި ޤަވާއިދާ ޚިލާފަށް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައިހުރެއެވެ. މީގެ ސަބަބުން ހިނގާ މީހުންނަށާއި މަގު ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ވަކިން ޚާއްސަކޮށް ޢާންމު ދަތުރުފަތުރަށް ބުރޫއަރައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.
ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް އެންމެހައި ފަރާތްތަކަކަށް އިލްތިމާސްކުރަމެވެ.
— Maldives Police (@PoliceMv) July 6, 2026
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައި… pic.twitter.com/RzlscTFsUK
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި، ކުޑަކުދިންގެ ޕްރޭމާއި އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއްކެމެކެވެ.