ޚަބަރު

ތިލަފުށި ކައިރީގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ


ކ. ތިލަފުށި ބޭރުގައި އޮތް ބަރޯސާ ނަމަކަށް ކިޔާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބޯޓުގައި އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ފެށިކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވި ބޯޓަކީ މަސްކިރާ ބޯޓެއްކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބޯޓުގެ ފަލްކާގައިކަމަށާއި މިހާރު އަލިފާންގަނޑު އިތުރަށް ނުފެތުރެނީސް ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.