ކުޅިވަރު

ފްރާންސް ހުއްޓުވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން: މޮރޮކޯ ކޯޗު


ފްރާންސްގެ ވަކިވަކި ކުޅުންތެރިން ހުއްޓުވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށް މޮރޮކޯގެ ކޯޗު ބުނެފި އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ މި ދެ ގައުމު ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ ފްރާންސްގެ އެޓޭން ވަރަށް ވަރުގަދަ ކަމަށެވެ.

"އެ މީހުންގެ ވަކިވަކި ކުޅުންތެރިން ވަރަށް މޮޅު. އަހަރުމެންގެ އެވަރުގެ ޕްރޮފައިލްތަކެއް ނެތަސް އަހަރުމެން ޓީމެއްގެ ގޮތުގައި ކުޅެފިނަމަ އެ މީހުން ބަލި ކުރެވިދާނެ. ފުޓްބޯޅަ މެޗެއްގައި ވަކިވަކި ކުޅުންތެރިންގެ ހުނަރަށްވުރެ ވަރުގަދަ ވާނީ ޓީމު ވަންތަކަން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މީގެ ހަތަރު އަހަރާ އަޅާ ބަލާއިރު މޮރޮކޯ ޓީމު ވެސް ކުރިއެރުންތަކެއް ހާސިލް ކޮށްފައިވާނެ ކަމަށެވެ. ހާއްސަކޮށް އެންމެ ފަހުގެ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުމަކީ ޓީމަށް ލިބުނު އިތުބާރެއް ކަމަށެވެ.

"އެ ތަޖުރިބާ އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް އަހަރުމެންނަށް ލިބުނު އިތުބާރެއް. އަހަރުމެން މިތިބީ ނަތީޖާ ނެރެން. އަހަރުމެން ބޭނުންވަނީ މޮޅުވާން. އެކަމަށް ހުރިހާ ކުޅުންތެރިން އެތިބީ ތައްޔާރަށް. އަހަރުމެންގެ ޓީމުގައި ގުޅުން ވަރަށް ބޮޑު. އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" ކޯޗު ބުންޏެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި މި ދެ ގައުމު ވާދަކޮށް ފްރާންސް މޮޅުވީ 2-0އިންނެވެ.