ޚަބަރު

ގ. ހުދުރުވާގޭގައި ރޯވި އަލިފާން ނިންވާލައިފި


  • ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި

  • ގޭގައި 4 މީހުން ދިރިއުޅޭ

ގ. ހުދުރުވާގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގުމާގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނެވެ. ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ، މި ޙާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެއީ 4 މީހުން ދިރިއުޅެމުންދިޔަ ގެއެއްކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކުރައްވާފައެވެ.

މި ޙާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައިނުވާއިރު، މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.