އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕަކީ އެންމެ ފަހު ވޯލްޑްކަޕް ތޯ ނިންމަން އަދި މާ އަވަސް ކަމަށް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.
ވޯލްޑްކަޕްގެ ސެމީ ފައިނަލުގެ ފަހު ވަގުތު އާޖެންޓީނާ އަތުން 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން އުމުރުން 32 އަހަރުގެ ހެރީ ކޭން ބުނެފައިވަނީ އިތުރު ވޯލްޑްކަޕެއް ދެން ކުޅޭނެ ތޯ ނިންމަން އަދި އަވަސް ކަމަށެވެ.
"މިއީ އެކަމަށް އެންމެ ރަގަޅު ވަގުތެއް ނޫން. އަހަރެން އަބަދުވެސް ވިސްނަމުން ދަނީ އަހަރަކަށް. މި ވަގުތު ވިސްނަނީ އަންނަ އަހަރަށް އެހެންކަމުން 2030 ވަނަ އަހަރުގެ މުބާރާތަކާއި ގުޅޭ ގޮތުން އަދި އެއްޗެއް ބުނަން އަވަސް." ހެރީ ކޭން ބުންޏެވެ.
2030 ވަނަ އަހަރު ސްޕެއިންގެ އިތުރުން މޮރޮކޯ އަދި ޕޯޗުގަލްގައި ބާއްވާ ވޯލްޑްކަޕް ކުޅޭއިރު ހެރީ ކޭން އަށް އުމުރުން 36 އަހަރު ވާނެ އެވެ.
"ގައުމީ ޓީމަށް ކުޅުމަކީ އަހަރެން އެންމެ އުފަލުން އަދި އެންމެ ފަހުރުވެރިކަމާއިއެކު ކުޅޭ މެޗުތައް. އެހެންކަމުން އެ ފުރުސަތުގެ ބޭނުން ހިފާނަން, ނަމަވެސް އަދި ކުރިއަށް އޮތް ވޯލްޑްކަޕާއިމެދު ވިސްނަން ވަރަށް ދުވަސް އެބައޮތް." ކޭން އިތުރަށް ބުންޏެވެ.