ކުޅިވަރު

އިނގިރޭސި ކުރީގެ ގައުމީ ކޯޗު ކީގަން މަރުވެއްޖެ


އިނގިރޭސި ކުރީގެ ގައުމީ ފުޓްބޯޅަ ކޯޗު ކެވިން ކީގަން މަރުވެއްޖެ އެވެ.

އުމުރުން 75 އަހަރުގައި އޭނާ މަރުވީ ކެންސަރުގެ ސްޓޭޖް ހަތަރަކަށް ފަރުވާ ހޯދަމުންދާކަމަށް ބުނިތާ ހަތް ހަފުތާ ހަފުންނެވެ.

ކީގަންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފަވަނީ އެއީ "ދެ ފަހަރު ބަލަންޑޯ އެވޯޑް ހާސިލްކުރި، އާއިލާ އަށް ވަގުތު ދިން ހިތްހެޔޮ ބައްޕައެއް، ފިރިއެއް އަދި ކާފައެއް،" ކަމަށެވެ.

ކީގަންގެ ފުޓްބޯޅަ ކެރިއަރު އޭނާ ފެށީ 1968 ވަނަ އަހަރު އެވެ. އޭނާ ކުޅުނު މަޝްހޫރު ޓީމުތަކުގެ ތެރޭގައި ހިމެނެނީ ލިވަޕޫލާއި ނިއުކާސަލް އަދި ސައުތެމްޓަނާއި ޖަރުމަނުގެ ހަމްބާގެވެ. ކުލަބު ލެވެލްފގައި 592 މެޗުން 204 ގޯލު ޖެހި މިޑްފީލްޑަރު ވަނީ ގައުމީ ޓީމަށް 63 މެޗުން 21 ގޯލު ޖަހައިދީފަ އެވެ.

އޭނާ ވަނީ ކޯޗެއްގެ ގޮތުން ނިއުކާސަލް އާއި ފުލަމް އަދި މެންޗެސްޓާ ސިޓީގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް ވެސް 1999 އިން 2000 ވަނަ އަހަރާ ހަމަ އަށް ކޯޗުކޮށްދީފަ އެވެ.

1978 އަދި 1979ގައި ބަލަންޑޯ އެވޯޑް ހޯދި ކީގަން ވަނީ ފީފާއިން ހޮވި ހުސްވި ގަރުނުގެ އެންމެ މޮޅު 100 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.