ކުޅިވަރު

އާޖެންޓީނާގެ އޮޓަމެންޑީ ގައުމީ ޖާޒީ ބާލައިފި


އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިޔާ 17 އަހަރަށް ފަހު އޭނާ ގައުމީ ޖާޒީ ބޭލީ ހުސްވި ހަފުތާގައި ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް ފަހު އެވެ. އޭނާގެ ފަހު މެޗަކަށްވީ އެ މުބާރާތުގެ ފައިނަލްގައި ސްޕޭން އަތުން 1-0އިން އާޖެންޓީނާ ބަލިވި މެޗެވެ.

އުމުރުން މިހާރު 38 އަހަރުގެ އޮޓަމެންޑީ ވަނީ ގައުމީ ޓީމަށް 139 މެޗު ކުޅެދީފަ އެވެ.

"މިއަދު އަހަރެން ލިޔަނީ އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ ޖުމުލަތައް. އަހަރެންގެ އެންމެ ފަހު މެޗަކީ ވޯލްޑް ކަޕް ފައިނަލް. އަހަރުމެން ބޭނުންވި ނަތީޖާއެއް ނޫން އެ މެޗުން ލިބުނީ. އެކަމަކު އަހަރެން މިދަނީ އިސް އުފުލައިގެން. ސަބަބަކީ މި ޓީމު ތަށި ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ދެ ވަނަ އަށް ދިއުމަކީ އޭގެ ހެއްކެއް. ދުނިޔޭގެ ޗެމްޕިއަނަކަށް ވުމަށް އަހަރެން ކުރި މަސައްކަތުގައި ސަޕޯޓްދިން އެންމެނަށް ޝުކުރިއްޔާ،" އޮޓެމެންޑީ އިންސްޓަގްރޭމުގައި ބުނެފައިވެ އެވެ.

އޭނާ ވަނީ ދާދި ފަހުން ޔޫރަޕުގައި 16 އަހަރު ކުޅުމަށްފަހު އާޖެންޓިނާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެއީ އެ ގައުމުގެ ރިވަޕްލޭޓަށް ސޮއިކޮށްގެންނެވެ. ޔޫރަޕުގައި އޭނާ ވަނީ ޕޯޗުގަލްގެ ޕޯޓޯ އާއި ބެންފީކާ އާއި ސްޕޭނުގެ ވެލެންސިއާ އާއި އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ އަށް ކުޅެފަ އެވެ.