ޚަބަރު

އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ކުޅެން އޮތް މެޗު ފަސްކޮށްފި


  • މެޗު ލަސްކުރީ ތަޖިކިސްޠާނުގެ ކުލަބު އަންނަ ދުވަސް ބަދަލުވުމުން

  • ދެން މެޗު ކުޅޭނީ 12ވަނަ ދުވަހު

އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ އެންމެފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.

ޗެލެންޖް ލީގުގައި މާޒިޔާއިން ކުޅެން އޮތީ ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް، އަންގާރަ ދުވަހުގެ 15:00ގައެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މެޗު ލަސްކޮށްފައި ވަނީ މި މެޗު ކުޅުމަށް ތަޖިކިސްތާން ޓީމު ރާއްޖެ އަންނަން އޮތް ދުވަސް ލަސްވުމާ ގުޅިގެންނެވެ. ޓީމު ފުރަތަމަ ރާއްޖެ އަންނަން އޮތީ އާދިއްތަ ދުވަހުގެ ހެނދުނެވެ. އެހެންނަމަވެސް ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ޓީމު ރާއްޖެ އައުން ލަސްކޮށްފައި ވަނީ މާދަމާ ހެނދުނަށެވެ.

އެހެންކަމުން ދެން މި މެޗު ކުޅޭނީ ބުދަ ދުވަހުއެވެ.

(އޭއެފްސީ) ގެ ކުލަބު މުބާރާތްތަކުން ރާއްޖެއަށް މި އަހަރު ލިބުނީ އެންމެ ޖާގައެކެވެ. ރާއްޖެ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނަށް ފުރުސަތު ލިބުނީ އޭއެފްސީގެ ތިންވަނަ ފަންތީގެ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުންނެވެ. މިއިން ކޮންމެ ގައުމަކަށް ވެސް ލިބުނީ އެންމެ ޖާގައެކެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭން މީގެކުރިން ކުޅެފައިވާއިރު، އޭރު ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕް ޗެމްޕިއަނަށް ކޮލިފައިން ޖާގައެއް ލިބޭގޮތަށް އޮތެވެ. އެހެންނަމަވެސް އޭއެފްސީން މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލުތަކާއެކު މިހާރު ރާއްޖެއަށް ލިބެނީ އެންމެ ޖާގައެކެވެ.

އޭއެފްސީ ޗެެލެންޖު ލީގު ފުރަތަމަ ބޭއްވި އަހަރު މާޒިޔާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މާޒިޔާ ވީ ބައްޔެވެ.

މިދިޔަ އަހަރު މާޒިޔާ އިން ކުޅެންޖެހުނީ އޭއެފްސީ ޗެލެންޖު ލީގުގެ ވެސް ޕްރިލިމިނަރީ ބުރުގަ އެވެ. ރާއްޖޭގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ކުޅުނު އެ މެޗުން، އަލް އަރާބި އަތުން މާޒިޔާ ބަލިވީ 4-0 އިންނެވެ.

ރާއްޖެ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނަށް ފުރުސަތު ލިބުނީ އޭއެފްސީގެ ތިންވަނަ ފަންތީގެ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުންނެވެ. މިއިން ކޮންމެ ގައުމަކަށް ވެސް ލިބުނީ އެންމެ ޖާގައެކެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭން މީގެކުރިން ކުޅެފައިވާއިރު، އޭރު ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕް ޗެމްޕިއަނަށް ކޮލިފައިން ޖާގައެއް ލިބޭގޮތަށް އޮތެވެ. އެހެންނަމަވެސް އޭއެފްސީން މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލުތަކާއެކު މިހާރު ރާއްޖެއަށް ލިބެނީ އެންމެ ޖާގައެކެވެ.

އޭއެފްސީ ޗެެލެންޖު ލީގު ފުރަތަމަ ބޭއްވި އަހަރު މާޒިޔާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މާޒިޔާ ވީ ބައްޔެވެ.

މިދިޔަ އަހަރު މާޒިޔާ އިން ކުޅެންޖެހުނީ އޭއެފްސީ ޗެލެންޖު ލީގުގެ ޕްލޭއޮފް ބުރުގަ އެވެ. ރާއްޖޭގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ކުޅުނު އެ މެޗުން، އަލް އަރާބި އަތުން މާޒިޔާ ބަލިވީ 4-0 އިންނެވެ.