މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ތަހުނިޔާ ފޮނުއްވައިފިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ އިޚްލާޞްތެރި ހެޔޮ އެދުންތައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވަނީ ނުހަނު އުފަލާއެކުކަމަށެވެ.
ދިވެހި ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ އިޚްލާޞްތެރި ހެޔޮ އެދުންތައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް މިދަންނަވަނީ ނުހަނު އުފަލާއެކު.
— Maumoon Abdul Gayoom (@maumoonagayoom) August 13, 2026
ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހަގީގީ ޤައުމިއްޔަތަކީ ޤައުމުގެ ސިޔާދަތާއި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަމާއި، ދީމުޤްރާތީ ހަމަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުންކަމަށެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އެންމެހާ ދިވެހިރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަން!
— Ibrahim Mohamed Solih (@ibusolih) August 14, 2026
ހަގީގީ ޤައުމިއްޔަތަކީ ޤައުމުގެ ސިޔާދަތާއި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަމާއި، ދީމުޤްރާތީ ހަމަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމެވެ.
ރައީސް ޞާލިހުގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވާފައެވެ.
Dhivehi Raajjeyge ufaaveri, fakhuruveri Qaumee dhuvahuge thahuniyaa enme beyfulhunnah rahdhukuran.
— Mohamed Nasheed (@MohamedNasheed) August 14, 2026
ކުރީގެ ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް ވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންނަށް އަރިސްކުރަައްވާފައެވެ.