ޚަބަރު

"ޤައުމުގެ މުސްތަޤުބަލާމެދު ކިޔަވާ ކުދިން ވިސްނުމަކީ އުއްމީދެއް"


  • އުތީމު ސްކޫލުގެ ކްލާސްރޫމްތައް އޭސީކޮށްދެއްވީތީ ރައީސަށް ޝުކުރު އަދާކުރެއްވި

  • ސްކޫލު ކުދިންގެ ސުވާލުތަކަށް ރައީސް ވަނީ ޖަވާބު ދެއްވާ ކަންބޮޑުވުންތައް އަޑުއައްސަވާފައި

ޤައުމުގެ ކަންކަމާއި މެދު ކިޔަވާ ކުދިންގެ ކަންބޮޑުވުން އޮތުމަކީ ޤައުމުގެ މުސްތަޤުބަލާއި މެދު އުއްމީދެއް އޮތްކަން ހާމަވެގެންދާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ހއ. އުތީމު ސްކޫލު ކުދިންނާއެކު ބޭއްވެވި ނުރަސްމީ ބައްދަލުވުމެއްގައެވެ.

ޤައުމީ ދުވަސް ދެއަހަރު ރަށުގައި ފާހަގަކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ދަރިވަރުން ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެރަށަށް ދެން ޒިޔާރަތްކުރަން ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުން އެދެމުންދާ މަޝްރުޢޫތަކުގެ މަސައްކަތް ނިންމަވާލުމަށްފަހު ކަމަށެވެ. ސްކޫލު ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި އެރަށުގެ ސްކޫލް އޭސީ ކުރުމާއި ގުޅިގެން ދަރިވަރުންގެ އިޙްސާސްތައް ރައީސްވަނީ އައްސަވާފައެވެ. އެ ރަށު ސްކޫލު ދަރިވަރުން ވަނީ ކްލާސްތައް އޭސީ ކޮށްފައި ހުރުމުން މިހާރު ކިޔެވުމަށް ފަސޭހަކަން ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ދަރިވަރަކު ވަނީ ސްކޫލު ނިންމުމަށް ފަހު ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ފާޅުކުރައްވާފައެވެ. މިކަމާއި ގުޅިގެން އެމަނިކުފާނު ވަނީ އެ ތަމްރީނު ޕްރޮގްރާމުގެ ބައެއް ތަފްސީލްތައް ދަރިވަރުންނާއި ހިއްސާކޮށްދެއްވާފައެވެ. އެގޮތުން ދަރިވަރުން ސްކޫލް ނިންމުމަށްފަހު ކުރިމަގު ބައްޓަން ކުރަން އިތުރު މަގެއް ފަހިކޮށްދިނުމަކީ ޕްރޮގްރާމުގެ މަޤްޞަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރޫޚާނީ، ނަފްސާނީ ޖިސްމާނީ. އެ ހުރިހާ ގޮތަކުން ކުދިން ތަމްރީނުވަނީ. ޤައުމު ދެކެ ލޯބިވާ، މަސައްކަތް ކުރާ ހިއްވާ، މަސައްކަތް ކުރަން އެނގޭ ގަޑިއަށް ފަރުވާތެރިވެ ނަމާދުކޮށް ހުރިހާ ގޮތަކުން ރަނގަޅު ކުއްޖެއް ގޮތުގައި ނިކުންނައިރު، ކޮންމެވެސް މަސައްކަތަކަށް ވަޒީފާއަކަށް ދެވޭ ގޮތަށް. ޕްރޮގްރާމުގައި އުޅޭއިރު ޕޮކެޓް ކޮންމެވެސް ވަރެއްގެ ޕޮކެޓް މަނީއެއްވެސް ދެން. އެވެސް ރައްކާ ކުރެވޭނެތާ. ތަޢުލީމީ ގޮތުން އެކަންޏެއް ނޫންތާ ކުރިއަށްދާން ކުދިން ބޭނުންވާނީ ސީދާ މަސައްތަކަށް ނިކުންނަން ކުދިން ބޭނުންވޭ. އެހެންވީމަ އަޅުގަނޑު ބޭނުންވަނީ އެއް ރޫޓުން ކުރިއަށްދާން ބޭނުން ނުވަންޏާ އަނެއް ރޫޓުވެސް އޮންނަން ވާނެ " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްކޫލު ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ސްކޫލުގެ މަލްޓިޕާޕަސް ހޯލެއް ނެތުމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކޮށްދެއްވާފައެވެ. އެމަނިކުފާނު ވަނީ މިހާރު ހޯލްތައް ތަރައްޤީ ކުރާ ގޮތަށްވެސް ބަދަލުތަކެއް ގެނެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެރަށުގެ ސްކޫލުގެ ހޯލުވެސް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ކުދިން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުވެ ޝުޢޫރު ފާޅުކުރަން ފުރުސަތު ލިބުމުން ޝުކުރު އަދާކުރައްވާފައެވެ. ސްކޫލު ކުދިންގެ ޝުޢޫރުތައް އަޑުއެއްސެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދިންގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ޤައުމާއި މެދު ވިސްނާ މީހަކު އުފާ ކުރާނެ ކަމެއް ކަމަށެވެ.

"ފުރަތަމަ އަންނަން ޖެހޭނީ ޤައުމު. އަދި އަމުދުން މި ފަސްގަނޑުގައި[އުތީމުގައި] ތިބޭތީ އިހުސާސްވާލެއް ބޮޑުވާނެ. އަޅުގަނޑު ބޭނުމެއް ނޫން މިހާރު ދާގޮތަށް ދާން. މިހާރު ހަލާކުވެފައި އޮތް އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ބޭނުން. އިޙްތިރާމް ކުރަން ބޭނުން އެކަކު އަނެކަކަށް. އަޅުގަނޑުމެން ކޮންމެ މީހަކީ ހަމަހަމަ މީޙެއް. ކޮންމެ މީހެއްގެ އޮތީ އެއްވަރަކަށް ކަރާމާތް. އެކަކަށް ބަސް ބުނެ އެމީހާގެ އަގުވައްޓާލާ އެމީހާ ކުޑަކޮށްލާ ހެދުމުގެ ހައްޤެއް ނޯންނާނެ. މިއީ މިހާރު އެންމެ އާންމު ކަންތައް ރާއްޖޭގައި. ޒުވާން ކުދިން ކިޔާވާ ކުދިން އެކަން ފާހަގަކޮށް ޤަބޫލުކުރުމަކީ ޤައުމާ ދޭތެރޭ އުއްމީދެއް އޮތްކަން އެނގޭކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބައްދަލުވުމުގައި ކުދިން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުވެ ޝުޢޫރު ފާޅުކުރަން ފުރުސަތު ލިބުމުން ޝުކުރު އަދާކުރައްވާފައެވެ. ސްކޫލު ކުދިންގެ ޝުޢޫރުތައް އަޑުއެއްސެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދިންގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ޤައުމާއި މެދު ވިސްނާ މީހަކު އުފާ ކުރާނެ ކަމެއް ކަމަށެވެ.

"ފުރަތަމަ އަންނަން ޖެހޭނީ ޤައުމު. އަދި އަމުދުން މި ފަސްގަނޑުގައި[އުތީމުގައި] ތިބޭތީ އިހުސާސްވާލެއް ބޮޑުވާނެ. އަޅުގަނޑު ބޭނުމެއް ނޫން މިހާރު ދާގޮތަށް ދާން. މިހާރު ހަލާކުވެފައި އޮތް އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ބޭނުން. އިޙްތިރާމް ކުރަން ބޭނުން އެކަކު އަނެކަކަށް. އަޅުގަނޑުމެން ކޮންމެ މީހަކީ ހަމަހަމަ މީޙެއް. ކޮންމެ މީހެއްގެ އޮތީ އެއްވަރަކަށް ކަރާމާތް. އެކަކަށް ބަސް ބުނެ އެމީހާގެ އަގުވައްޓާލާ އެމީހާ ކުޑަކޮށްލާ ހެދުމުގެ ހައްޤެއް ނޯންނާނެ. މިއީ މިހާރު އެންމެ އާންމު ކަންތައް ރާއްޖޭގައި. ޒުވާން ކުދިން ކިޔާވާ ކުދިން އެކަން ފާހަގަކޮށް ޤަބޫލުކުރުމަކީ ޤައުމާ ދޭތެރޭ އުއްމީދެއް އޮތްކަން އެނގޭކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަނީ އެމަނިކުފާނު ބޭނުންވާ ނަތީޖާއަކީ، ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށް ވިދާޅުވެފައެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ވަރަށް ބޭނުންތެރި ވާހަކަތަކެއް އަޑުއިވިގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ޒިޔާރާތުގައި އެކި އުމުރުފުރާގެ އެކި މަސައްކަތް ކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. އަދި އާންމުކޮށް ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައެވެ.ވަނީ އެމަނިކުފާނު ބޭނުންވާ ނަތީޖާ އަކީ، ދަރިވަރުން ރަނގަޅު ނަތީޖާއް ހޯދުން ކަމަށް ވިދާޅުވެފައެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ވަރަށް ބޭނުންތެރި ވާހަކަތަކެއް އަޑުއިވިގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ޒިޔާރާތުގައި އެކި އުމުރުފުރާގެ އެކި މަސައްކަތް ކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. އަދި އާންމުކޮށް ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައެވެ.