ޚަބަރު

2025 ފަހު ކުއާޓަރު: އެމްޓީސީސީއަށް 724 މިލިޔަން ރުފިޔާ


  • ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 62 މިލިޔަން ރުފިޔާ

  • ކޮންސްޓްރަކްޝަނާއި ޑްރެޖިންގ ދާއިރާއިން 589.46 މިލިޔަން ރުފިޔާ ލިބުނު

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 62 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ. މިއީ، އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

އެމްޓީސީސީއިން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓުތައް ދައްކާގޮތުން 2025ވަނަ އަހަރުގެ 4ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 724 މިލިޔަން ރުފިޔާއެވެ. 3ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 501 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %44.5 އިތުރު އަދަދެކެވެ.

ހިންގުމުގެ ޚަރަދުގެ ގޮތުގައި 2025ވަނަ އަހަރުގެ 4ވަނަ ކުއާޓަރުގައި ލިބިފައިވަނީ، 101 މިލިޔަން ރުފިޔާއެވެ. 3ވަނަ ކުއާޓަރުގައި ލިބިފައިވަނީ، 29 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %245 އިތުރު އަދަދެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން 2025ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ލިބިފައިވަނީ، 69 މިލިޔަން ރުފިޔާއެވެ. 3ވަނަ ކުއާޓަރުގައި ލިބިފައިވަނީ، 15 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %339 އިތުރު އަދަދެކެވެ.

2025ވަނަ އަހަރުގެ 4ވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 62 މިލިޔަން ރުފިޔާއެވެ. 2025ވަނަ އަހަރުގެ 3ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 13 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %370 އިތުރުވުމެކެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ކޮންސްޓްރަކްޝަން އަދި ޑްރެޖިންގް ދާއިރާއިންނެވެ. އެ ދާއިރާއިން 589.46 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޓްރޭޑިންގ ދާއިރާއިން 92.08 މިލިއަން ރުފިޔާ އަދި ޓްރާންސްޕޯޓް ދާއިރާއިން 38.23 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީން ޖުމްލަ 479 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން 301.69 މިލިޔަން ރުފިޔާގެ ހަތް މަޝްރޫޢެއްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ. މީގެ އިތުރުން 63 މަޝްރޫޢެއްގެ އަމަލީ މަސައްކަތް އަލުން ފަށައި، 1.51 ބިލިޔަން ރުފިޔާގެ އަގުހުރި އައު 111 މަޝްރޫޢެއްގައި ވަނީ ސޮއިކޮށްފައެވެ.