އާ ކޯޗު ޒަބޯ އަލޮންސޯއާއެކު އިނގިރޭސި ޕްރިމިއަރ ލީގު ޗެލްސީން މޮޅަކުން ފެށި މެޗުގައި ކޯލް ޕާމާ ވިދާލައިފިއެވެ.
ފާއިތުވި ސީޒަންގައި ރެއާލް މެޑްރިޑްގައި ނާކާމިޔާބުވި އަލޮންސޯ މިސީޒަންގައި ޗެލްސީއާ ހަވާލުވެ ލީގުގައި ކުޅުނު ފުރަތަމަ މެޗަކީ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗެވެ. މެޗު 3-2 ން ކާމިޔާބުކޮށް, އަލޮންސޯއަށް އުފާވެރި ފެށުމެއް ވަނީ ލިބިފައެވެ. މެޗުގައި ޗެލްސީން އެންމެ ބޮޑަށް ވިދާލީ އިނގިރޭސި ވަރލްޑްކަޕް ސްކޮޑުން ޖާގަ ނުލިބުނު ކޯލް ޕާމާ އެވެ. 31 ވަނަ ސިކުންތުގައި ޕެޑްރޯ ޗެލްސީއަށް ކުރި ހޯދައިދިނީ ޕާމާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އަދި ތިންވަނަ ލަނޑު ޕެޑްރޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހީ ޕާމާ އެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖެހީ ކްލަބް ރެކޯޑް އަގަކަށް ގެނައި މޯގަން ރޮޖާސް އެވެ. ކޯޗު އަލޮންސޯ ވަނީ ރޮޖާސްގެ ކުޅުމާމެދުވެސް ހިތްހަމަ ޖެހުން ފާޅުކޮށްފައެވެ.
މެޗުގައި ފުލަމްގެ ދެ ލަނޑު ޖެހީ ޖޯޝުއާ ކޮންގް އާއި ރެއާލްއިން ފުލަމްއަށް ގެންދިޔަ ގޮންޒާލޯ ގާސިއާ އެވެ. ފުލަމްގެ ކޯޗަކަށް ހުރީ މިދިޔަ ސީޒަންގެ ފަހު ބައިގަ ރެއާލްގެ ކޯޗަކަށް ހުރީ އާބެލޯއާ އެވެ. އެހެންކަމުން މިމެޗު ފާހަގަކުރެވުނީ މިދިޔަ ސީޒަންގައި ރެއާލްއަށް އިރުޝާދު ދިން ދެ ކޯޗުންގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.