ޚަބަރު

އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހަވީރު އޮންނާނެ


ދިވެހިރާއްޖޭގެ ފަޚުރުވެރި 28 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ބާއްވަވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތަކެއް މިއަދު ހަވީރު އޮންނާނެއެވެ.

މިއަދު ހަވީރު ފަހެއްޖަހާއިރު ޖުމްހޫރީ މައިދާން ސަރަޙައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްލޭގެ ހަރަކާތްތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު،  ނޮވެމްބަރު 5 ވާ ހޮނިހިރު ދުވަހު ވިލިނގިލީ ބަނދަރު ސަރަޙައްދުގައި މި ހަރަކާތްތައް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެެވެ. 

އެމްއެންޑީއެފުން ވިދާޅުވީ ހުޅުމާލެ އަދި ވިލިނގިލީގައި ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައްވެސް ފަށާނީ ހަވީރު ފަހެއްޖަހާއިރުކަމަށެވެ.