ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ ބާސެލޯނާގެ އެންމެ މުހިންމު އަމާޒު ކަމަށާއި އެކަން ކުރެވޭނެ ގާބިލްކަން ޓީމުގައި އެބަހުރި ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ނެދަލޭންޑްސްގެ ފޭނޫޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ފްލިކް ބުނީ އޭނާ ބޭނުންވާ ގިނަ މަގާމުތަކަށް މި ސީޒަނުގައި ގެނައި ކުޅުންތެރިންނާއެކު ޓީމު ވަރުގަދަ ކަމަށެވެ.
"އަހަރުމެންގެ އުއްމީދަކީ އެއީ (ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން). އެކަމަކު މިއީ ވަރަށް ދިގު ދަތުރެއް. އަހަރުމެން ޖެހޭނީ މަސައްކަތް ކުރަން. ޓީމުގައި އެ ފެންވަރު އެބަހުރި،" ފްލިކް ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާ އަށް އަލަށް ގެނައި ކުޅުންތެރިންނަށް ބަލާއިރު އިނގިރޭސި އެޓޭކިން މިޑްފީލްޑަރު އެންތަނީ ގޯޑަން މިހާތަނަށް ދައްކާފައިވާ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
އޭނާ ބުނީ ބާސެލޯނާ އަށް އަލަށް ގެނައި ކުޅުންތެރިންނަށް ބަލާއިރު އިނގިރޭސި އެޓޭކިން މިޑްފީލްޑަރު އެންތަނީ ގޯޑަން މިހާތަނަށް ދައްކާފައިވާ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އޭނާ މިހާތަނަށް ދެއްކި ކުޅުން ވަރަށް ރަނގަޅު. އޭނާގެ ފަރާތުން އަދި ގޯލުތަކެއް ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ. މި ޓީމަށް ހޭނިގެން މުޅިން ފަރިތަވާން އޭނާ އަށް ވަގުތު ވެސް ބޭނުންވާނެ،" ފްލިކް ބުންޏެވެ.
ޓީމުގެ އެންމެ މުހިންމު އެއް ފޯވަޑް 19 އަހަރުގެ ލަމީން ޔަމާލަށް ވެސް ފްލިކް ތައުރީފް ކުރި އެވެ. "އޭނާ އެކަނި ވެސް މެޗެއް ބަދަލު ކުރެވިދާނެ،" ކަމަށް ބުނެ ފްލިކް ވަނީ މިޑްފީލްޑަރު ފްރޭކްކީ ޑިޔޮންގް އަނިޔާ ރަނގަޅުވެގެން ޓީމާ ގުޅުމުން މެދުތެރޭގެ އޮޕްޝަން ގިނަވާނެކަން ފާހަގަ ކޮށްފަ އެވެ.