ޚަބަރު

ސްކޭމްގެ މައްސަލައެއްގައި މީހަކު ހޯދަނީ


  • ހޯދަމުންދަނީ އުމުރުން 46 އަހަރުގެ މުޙައްމަދު ޢިމާދު

  • މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު ހާޒިރުވުމަށް ވަނީ އަންގާފައި

އެންޓި ސްކޭމް ސެންޓަރުން ތަޙުޤީގު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމީހާއަކީ އެންޓި ސްކޭމް ސެންޓަރުން ތަޙުޤީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ހަވާލުނުކުރެވިފައިވާ ފަރާތެއް ކަމަށެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ ސ. ހިތަދޫ، ކަށިސުތުލިގެ، މުޙައްމަދު ޢިމާދު (46އ) ކަމަށެވެ. މުޙައްމަދު ޢިމާދު ތަހުގީގަށް ހާޒިރުކުރަނީ އެންޓި ސްކޭމް ސެންޓަރުން ބަލަމުންދާ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެހެންކަމުން، މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އާ ދެމެދު، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.