ޚަބަރު

ނައިބޮލި ފުޓްސަލް، އަންހެން ފައިނަލުގައި އެޕެކްސް އާއި ކޭކޭޑީޑީ


  • ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 25,000 ރުފިޔާ

ނައިފަރު ކައުންސިލުގެ ފުޓްސަލް މުބާރާތް, ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ.

އެޕެކްސް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި އަރޭކާ ސްޕޯރޓްސް ކްލަބް 1-0 ން ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އެޕެކްސްގެ ކެޕްޓަން ފާތިމަތު އިނާޝާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ. މުބާރާތުގައި އެޕެކްސް ވާދަކުރަނީ މުޅިން ދިވެހި ކުޅުންތެރިންނާ އެކުއެވެ. ނަމަވެސް އަރޭކާގައި ބަނގްލަދޭޝްގެ ސުމައްޔާ އާއި ސްރީލަންކާގެ އިމޭޝާ ހިމެނެއެވެ.

ފައިނަލުގައި އެޕެކްސް ވާދަކުރާނީ ކޭކޭޑީޑީ އާއެވެ. ކޭކޭޑީޑީ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ ހޯދައިގެންނެވެ. ކޭކޭޑީޑީގައި އިރާނުގެ މަރިޔަމް ނޫރީ ހިމެނެއެވެ. އެޕެކްސްއާއި ކޭކޭޑީޑީ ވާދަކުރާ ފައިނަލު މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައި ވަނީ 25,000 ރުފިޔާ އެވެ.