އުޒްބަކިސްތާނުގައި ކުރިއަށްދާ 46 ވަނަ ޗެސް އޮލިމްޕިއާޑުގައި ވާދަކުރަމުންދާ ޤައުމީ އެތުލީޓު މަރްޔަމް ލައިސާ ޢަބްދުއްރަޝީދަށް ވުމަން ކެނޑިޑޭޓް މާސްޓާ (ޑަބްލިއުސީއެމް) ޓައިޓްލް ހޯދައިފިއެވެ.
ލައިސާ މި ޓައިޓްލް ހޯދާފައިވަނީ މުބާރާތުގެ 9 ވަނަ ރައުންޑްގައި ވާދަކޮށްގެންނެވެ. މި ބުރުގައި ރާއްޖެއިން ކޮސޯވޯއާ ވާދަކުރިއިރު، ލައިސާ، އީނާ އަދި ނޯޔާވެސްވަނީ މެޗު ކާމިޔާބުކޮށްފައެވެ. ނިޔާހާގެ މެޗު އެއްވަރުވި ނަމަވެސް އޭނާވެސް ދަނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުންނެވެ.
މުބާރާތަށް ފުރިއިރު، ލައިސާވަނީ 1478 ގެ ފިޑޭ ރޭޓިންއެއް ހޯދާފައެވެ. މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ލައިސާބުނެފައިވަނީ އޭނާ ވާދަކުރާ ކެޓަގަރީއިން ރަން މެޑައްޔެއް ހޯދުމަކީ ކުރާ އުންމީދެއްކަމަށެވެ. މުބާރާތުގައި ވާދަކޮށް ފިޑޭ ރޭޓިން މައްޗަށް ޖެއްސޭއިރު، އެކަމަށްވެސް ގަދައަޅާ މަސައްކަތްކުރާނެކަމަށް ލައިސާ ބުނެފަވެއެވެ.
46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ރާއްޖޭން އޯޕަން އިވެންޓުގައި ވާދަކުރަނީ "ޑީ" ކެޓަގަރީގައެވެ. އަދި އަންހެން ޓީމު ހިމެނެނީ "އީ" ކެޓަގަރީގައެވެ.
މިމަހުގެ 15 އިން 28 އަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ 10 ކުޅުންތެރިން ވާދަކުރެއެވެ.