އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ދިވެހި އެތުލެޓިކްސް ޓީމުން ފިރިހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގައި ދުވެފިއެވެ.
ނަގޯޔާގެ މިޒުހޯ ޕާކް އެތުލެޓިކް ސްޓޭޑިއަމްގައި އާދިއްތަ ދުވަހު އޮތް ފިރިހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގެ ހީޓު 1 ގައި ދިވެހި ޓީމުން ރޭސް ނިންމާފައި ވަނީ 41.76 ސިކުންތުންނެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ދިވެހި ޓީމުން 4 ގުނަ 100 މީޓަރު ދުވި އެންމެ އަވަސް ޓައިމިންއެވެ.
ދިވެހި ޓީމުން މި ރިލޭގައި ދުވީ އިބްރާހިމް ނާހިލް ނިޒާރާއި އާދަމް ރިއްފަތާއި ހަސަން ސާއިދުގެ އިތުރުން އިބާދުﷲ އާދަމެވެ. މި ހީޓުގައި ޖުމްލަ 7 ގައުމުން ބައިވެރިވިއެވެ.
އެތުލެޓިކްސް އިން ދިވެހި ޓީމު މާދަމާ ވާދަކުރާނީ ފިރިހެނުންގެ 4 ގުނަ 400 މީޓަރު ރިލޭގެ ހީޓު 1ގައިއެވެ. މި އިވެންޓް އޮންނާނީ ރާއްޖެ ގަޑިން ހަވީރު 5:20 ގައިއެވެ.