ނިއުޒިލޭންޑަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޙަބަރުތައް ބުނާގޮތުން ބިންހެލުން އައިސްފައި ވަނީ، ނިއު ޒިލޭންޑުގެ ސައުތު އައިލެންޑުގައި އޮންނަ އެންމެ ބޮޑު ސިޓީ ކަމަށްވާ ކްރިސްޓްޗާޗްގެ ކައިރިން ގާތްގަނޑަކަށް 95 ކިލޯމީޓަރު ދުރަށެވެ. ބިން ހެލުން އައި ސަރަޙައްދަށް މިހާރު ވަނީ ސުނާމީ ވޯނިންގ ނެރެފައެވެ. އެސަރަހައްދުން މީހުން ރައްކާތެރި ހިސާބަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް ޙަަބަރުތައް ބުނެއެވެ.