ޚަބަރު

އެންމެ މޮޅު ގޯލު ނިޔާޒަށް، ސަޕޯޓަރުންގެ ފޭވަރިޓަކަށް ހަމްޒާ


އެފްއޭއެމް އިން ހޮވި އަހަރުގެ އެންމެ މޮޅު ގޯލަކަށް، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ހުސެއިން ނިޔާޒް ޖެހި އޯވަހެޑް ގޯލު ހޮވިއްޖެއެވެ.

މިއީ ދިވެހި ޕްރިމިއަރ ލީގުގައި، އޮޑި ސްޕޯޓްސް ކުލަބާ ދެކޮަޅަށް ވިކްޓްރީން ކުޅުނު މެޗުގައި ހުސެއިން ނިޔާޒް ކާމިޔާބުކުރި ލަނޑެކެވެ.

ހުޅުމާލޭ ފޭސް 1 ގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ހަފްލާގައި އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހުސެއިން ނިޔާޒާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ ފަރާތުން ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އަޙްމަދު ޝިފާނެވެ.

ހުސެއިން ނިޔާޒްގެ އިތުރުން ދެން މި އެވޯޑަށް ނޮމިނޭޓުވީ ހަމްޒާ މުޙައްމަދު، މުޙައްމަދު ނާއިމް އަދި އިބްރާހީމް މަހުދީ ހުސެއިން އެވެ.

މި ޙަފްލާގައި، ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ ހޮވާފައިވާއިރު މި އެވޯޑު ޙާސިލްކުރީ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ހަމްޒާ މުހަންމަދެވެ.

މި އެވޯޑު ހަމްޒާއާ ހަވާލުކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.

ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލި މި އެވޯޑަށް ދެން ނޮމިނޭޓުވީ :
* އަލީ ފާސިރު (ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު)
* މުޙައްމަދު ފައިސަލް (ބުރު ސްޕޯޓްސް ކުލަބު / ނިއުރޭޑިއަންޓް ސްޕޯޓް* މުޙައްމަދު އިލާން އިމްރާން (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)
* އަޙްމަދު އައިހަމް (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)
* ޙުސެއިން ޝަރީފް (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)
* އަޙްޒަމް ރަޝީދު (އޮޑި ސްޕޯޓްސް ކުލަބު)
* މުޙައްމަދު ޝަފީއު (އޮޑި ސްޕޯޓްސް ކުލަބު)
* އީތަން އިބްރާޙީމް ޒަކީ (ކުލަބު ވެލެންސިއާ / ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު)